ސައްހަ ވިޔަފާރިތަކުގެ ނަމުގައި ފޭސްބުކްގައި ހިންގަމުންދާ ފޭކް ޕޭޖުތަކެއް މެދުވެރިކޮށް އާންމުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، ވިޔަފާރި ރަޖިސްޓްރީ ނަންބަރުތަކާއި ސައްހަ ނޫން އިންވޮއިސްތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އޮޅުވާލާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިފަދަ ޕޭޖުތަކަކީ ޕްރޮފެޝަނަލް ވިޔަފާރިތަކެއްގެ ގޮތުގައި ދެއްކި ނަމަވެސް، އޭގެ ފަހަތުގައި ވަނީ ބޮޑެތި އޮޅުވާލުންތަކެއް ކަމަށް ފުލުހުން ބުނެއެވެ. މިގޮތަށް އެންމެ ގިނައިން ހިންގަނީ ފަރުނީޗަރާއި ގަހަނާ ވިއްކާ ކަމަށް ބުނާ ޕޭޖުތަކެވެ.
ފުލުހުން ބުނީ، އެފްބީ ޕޭޖެއްގައި ވިޔަފާރި ރަޖިސްޓްރީ ނަންބަރެއް ޖަހާފައި އޮތުމަކީ އެއީ ސައްހަ ވިޔަފާރިއެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންކަމުން، އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން ރަސްމީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެއީ ސައްހަ ވިޔަފާރިއެއްތޯ ކަށަވަރު ކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.
މީގެ އިތުރުން، ފައިސާ ދެއްކުމުގެ ކުރިން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް އެންޓި-ސްކޭމް ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ބޭންކް އެކައުންޓްގެ ބަދަލުގައި އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެދުމާއި، ފޭސްބުކް ޕޭޖުގައި ކޮމެންޓް ނުކުރެވޭ ގޮތަށް ހުރުމާއި، ފަރުނީޗަރު ފަދަ ތަކެތި ވިއްކާ ތަންތަނުގެ ޝޯރޫމެއް ނުވަތަ ގުދަނެއް ހުރިތޯ ބެލުމާއި، ފިޒިކަލް އެޑްރެހެއް ނެތް ނަމަ އެފަދަ ފަރާތްތަކާ މުއާމަލާތް ނުކުރުމާއި، ޕޭޖުގެ ހިސްޓްރީއާއި، ނަން ބަދަލުކޮށްފައިވާ މިންވަރާއި، ޕޭޖް ހިންގާ މީހުން ތިބި ގައުމު ބެލުން ހިމެނެއެވެ.
ހަމައެއާއެކު ފުލުހުން ވަނީ، ސްކޭމް ހިންގާ މީހުން ގިނައިން ބޭނުންކުރަނީ އައު އެކައުންޓްތައް ކަމުގައިވާތީ، ޕޭޖުތަކުގައި ބޭނުންކޮށްފައިވާ ފޮޓޯތަކަކީ އެހެން ތަންތަނުން ނަގާފައިވާ ފޮޓޯތަކެއްތޯ ބެލުމަށް 'ރިވާސް އިމޭޖް ސާޗް' ބޭނުންކުރުމަށް ލަފާދީފައެވެ. އަދި މިފަދަ މީހުން އާންމުކޮށް ފޯނު ކޯލުތަކަށް ޖަވާބު ނުދޭ ކަމަށާއި، އެމީހުން ބޭނުންވަނީ ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖުން ވާހަކަދައްކަން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، ޚާއްޞަ މައްސަލައެއްގެ ގޮތުން، 'ޑެކް އޮންލައިން އެމްވީ'ގެ ނަމުގައި ފަރުނީޗަރު ވިއްކާ ކަމަށް ބުނެ ހިންގާ ޕޭޖަކާ ގުޅޭގޮތުން އިންޒާރު ދީފައެވެ. އަދި މި ޕޭޖާއި މުއާމަލާތް ކުރި ބައެއް މީހުންނަށް މުދާ ނުލިބޭ ކަމުގެ ޝަކުވާތައް މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ. އެހެންކަމުން މިފަދަ މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށްޓަކައި، މި މައުލޫމާތު އާއިލާ އާއި، ގާތްމީހުންނަށް ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު