މާލޭގެ ހަނި މަގަކުން ސައިރެން އަޅަމުން ދަތުރުކުރި އެމްބިއުލާންސަކަށް ކުރިއަށް ނުދެވޭ ގޮތަށް މަގު ބަންދުކޮށްގެން އޮތް ޕިކަޕެއް ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައި، އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން މަނާކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 10:30 ހާއިރު ފާށަނާ ކިލެގެ މަގުގައެވެ. މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަނި މަގަކުން ދަތުރުކުރި އެމްބިއުލާންސެއްގެ ކުރިމަތީގައި ޕިކަޕެއް މަޑުކޮށްގެން އޮތުމުގެ ސަބަބުން އެމްބިއުލާންސަށް ކުރިއަށް ދެވޭގޮތެއް ނުވިއެވެ. އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕަކާއި ކާރެއްވެސް ކިއުގައި އޮތްއިރު، އެމްބިއުލާންސް އޮތީ އެ އުޅަނދުތަކުގެ ފަހަތުގައެވެ. ކިއުގައި ތިބި ކާރުތަކުން ބަރުގޮނު އަޅަމުންދިޔައިރު، އެމްބިއުލާންސުން ދިޔައީ ސައިރެން އަޅައި ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މީހާއަށް އެއްވެސް ބާވަތެއްގެ ވެހިކަލް ދުއްވުން މަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެމީހާ 750 ރުފިޔާއިން ޖޫރިމަނާކޮށް، މި މައްސަލަ އިތުރަށް ބެލުމަށްޓަކައި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ، މި މައްސަލަ އެ މިނިސްޓްރީން މިހާރު ބަލަމުންދާ ކަމަށެވެ. އަދި ހާދިސާ ހިނގާފައިވާ ގޮތް ފުރިހަމައަށް ތަހުގީގު ކުރުމަށްފަހު، ގަވާއިދާ ޚިލާފުވި ފަރާތްތަކަށް މިނިސްޓްރީގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދުއްވާ އުޅަނދުތަކަށް އިސްކަން ދިނުމަކީ ގާނޫނީ ގޮތުންނާއި އަޚުލާގީ ގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު