ރިޔާސީ ދައުރު ދަންމާލުމާ ދެކޮޅަށް އެމްޑީޕީން 'ހަރުއަޑުން ނޫނެކޭ' ބުނަންޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތަކަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމަށް ހުޅުވޭ ވަރަށް ނުރައްކާތެރި ދޮރެއް ކަމަށެވެ.
ޚާއްޞަކޮށް، ބައެއް ކަންކަމަށް ރިޢާޔަތްކޮށް ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ގާނޫނުތަކުގެ ތެރެއިން ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިއީ ގައުމުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން އަސާސީ ހައްގުތަކެއް ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޕެންޝަން ފައިސާއާ ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، 65 އަހަރުވުމުން ކޮންމެ ރައްޔިތަކަށް އޮޓޮމެޓިކުން ލިބެމުން އައި ޕެންޝަން، ދެން ލިބޭނީ ސަރުކާރުން އެ މީހެއްގެ އާމްދަނީއަށް ބަލައި ދޭން ފެނޭތޯ ކަނޑައެޅުމުން ކަމަށެވެ. މިއީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ ފެށުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ގައުމީ މަޖިލީހުގެ މެންބަރުންނާ މުޚާތަބު ކުރައްވަމުން ޝަމްހީދު ވިދާޅުވީ، މިވަގުތު މިކަންކަމާ ދެކޮޅަށް އެމްޑީޕީން "ހަރުއަޑުން ނޫނެކޭ" ނުބުނެފިނަމަ، މުސްތަގުބަލުގައި މިއަށްވުރެ ނުރައްކާތެރި ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އޭގެ ތެރޭގައި ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އިލެކްޓްރޯނިކް ވޯޓިންއަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނިދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ. ވާހަކަ ނިންމަވާލައްވަމުން ޝަމްހީދު ވަނީ އެ ޖަލްސާއަށް ހުށަހެޅުނު ގަރާރަށާއި ހުށަހެޅުންތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު