ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ފެންނަނީ ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ދޫކޮށްލާފައި އޮތް މަންޒަރު ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ގައި ވާހަކަފުޅު ދައްކަވަމުން އަލީ ވިދާޅުވީ ޚާއްސަކޮށް، ފެނަކަ އާއި އާރްޑީސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭނުންނުވާ މިންވަރަށް މީހުންނަށް ވަޒީފާ ދިނުމަކީ ގައުމަށް ގެއްލުން ހުރި ކަމެއް ކަމަށާއި، މިހާރުވެސް އެކާވީސްހާހެއްހާ މީހުންނަށް އެފަދަ ވަޒީފާތައް ދީފައިވާކަމެވެ.
އެގޮަތަށް ވަޒީފާތައް ދިނުމަކީ ރަޅަނޅުކަމެއް ނޫން ކަމެއް ފާހަގަކުރައްވަމުން ޢަލީ ވިދާޅުވީ ގައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި ރައްޔިތުންނަކީ މަސައްކަތަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި، ހަމައެކަނި "ފިންގަރ ޕްރިންޓް" ޖަހާލައިގެން މުސާރަ ހޯދުމުގެ ބަދަލުގައި އަމަލީ ގޮތުން ހަލާލު މަސައްކަތް ކުރުމުގެ ރޫޙު މުސްލިމް މުޖުތަމައެއްގައި އާލާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ނުލިބޭ މިންވަރަށް ދަރަނި ނަގައިގެން ބޮޑެތި ޚަރަދުތައް ކުރުމަކީ ބޮޑު "އިސްރާފެއް" ކަމަށް ޢަލީ ޙުސައިން ސިފަކުރެއްވިއެވެ.
މިގޮތުން، މާލެ ކައިރީގައި ހިއްކާފައިވާ ގިނަ ބިންތަކެއް ބޭނުންނުކޮށް ހުއްޓާ، ދުނިޔޭގެ ނިސްބަތުންވެސް ބޮޑެތި ޑްރެޖަރުތައް ގެނެސްގެން މާލެ އަތޮޅު ދެކުނުބުރީގެ ފުން ކަނޑެއް ހިއްކައިގެން ރަށެއް ހެދުމަށް (ފުށިދިއްގަރު ފަޅު ހިއްކުމަށް) ކުރާ މަސައްކަތަކީ މިވަގުތުގެ ހާލަތަށް ބަލާއިރު ސާފު އިސްރާފެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމީ ދައުލަތަކުން މިފަދަ ބޮޑެތި އިސްރާފުތަކަށް ހުއްދަ ދީގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިޔާސީ ގޮތުން ސަރުކާރު ޒިންމާދާރުކުރާނެ ވަރުގަދަ އިދިކޮޅު ޕާޓީއެއް ނެތުމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުގެ ސަބަބުން ކަންކަން ބޭނުންހާ ގޮތަކަށް ދޫކޮށްލެވިފައިވާ ކަމަށް ޢަލީ ޙުސައިން ތުހުމަތު ކުރެއްވިއެވެ. ގައުމުގެ ހާލަތު ބަދަލުވާންޖެހޭ ކަމަށާއި، މިހާރު ކަންކަން ދަނީ ނުބައި މިސްރާބަކަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު