ތ. ގާދިއްފުށީގައި ހުންނަ ފެނަކަ އޮފީހާއި އެމްޓީސީސީގެ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެ މައްސަލަ އެންޓި-ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގެ ބޭނުމުގައި އެ ރަށުގެ މުވައްޒަފުން ދަނީ އެހެން ރަށްރަށަށް ބަދަލުކުރަމުންނެވެ.
މާޒް ސަލީމް ފާހަގަކުރެއްވި ގޮތުގައި، ގާދިއްފުށީގެ ގިނަ އަދަދެއްގެ މުވައްޒަފުން ތ. އަތޮޅުގެ އެހެން ރަށްތަކަށާއި ލ. އަތޮޅުގެ ރަށްތަކަށް ބަދަލުކުރަމުން ދަނީ އިންތިޚާބާ ބެހޭ ގާނޫނާ ޚިލާފަށެވެ. މިގޮތަށް މަދު ބަޔަކު އެހެން ރަށަކަށް ބަދަލުކޮށް ވޯޓުލާން ޖެހުމުން، ވޯޓުގެ ސިއްރުކަން ގެއްލި، އެ މީހުން ވޯޓު ދިން ގޮތް ހާމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މުވައްޒަފުންނަށް ބިރުދައްކައިގެން މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުން ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައާއެކު، ވަޒީފާގެ ބިރުދައްކައިގެން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓެއްވެސް މާޒް ސަލީމް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފެނަކަ އޮފީހުގެ 11 މުވައްޒަފަކާއި އެމްޓީސީސީގެ 6 މުވައްޒަފަކު ހިމެނެއެވެ. މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މެދުވެރިކޮށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު