ސިޔާސީ މައިދާނުގައި އިދިކޮޅު އެމްޑީޕީއަށް އަމާޒުކޮށް "ލާދިނީ" މި ބަހުން ސިފަކޮށް ސަރުކާރުގެ އިސްވެރިން ދައްކަވަމުންދާ ވާހަކަތައް ވަގުތުން ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ. މިފަދަ ނުރައްކާތެރި ތުހުމަތުތަކުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ދީނީ ހަމަނުޖެހުންތަކާއި ފިތުނަ އުފެދުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވަމުންދާކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ.
ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ވަކި ޕާޓީއެއް ނުވަތަ ބަޔަކީ ދީނާ ދެކޮޅު ބައެއްގެ ގޮތުގައި ލޭބަލްކުރުމަކީ ހަމައެކަނި ސިޔާސީ ނަފާ ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ގެއްލި، ހަރުކަށި ފިކުރުގެ މީހުންނަށް ބާރު ލިބިގެންދާނެ ކަމެކެވެ.
މީގެ ކުރިންވެސް މިފަދަ ޝިއާރުތަކުގެ ސަބަބުން ރާއްޖޭގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާއިރު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ ޒިންމާދާރުކަން ކުޑަ ބަސްމަގު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާސީ މީހުންނާއި އާންމުންވެސް ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ވާދަވެރިންގެ އަގުވައްޓާލަން މަސައްކަތް ކުރުމުގެ ބަދަލުގައި، ގައުމީ މައްސަލަތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ބިނާކުރަނިވި ބަހުސްތަކަށް ޖާގަ ދިނުމަކީ މުހިންމުކަމެއް ކަމުގައިވެސް ގިނަޔަބަކު ފާހަގަކުރެއެވެ.
ދީނީ ހަމަނުޖެހުންތަކަކީ ގައުމެއްގެ އަމަންއަމާންކަން އެއްކޮށް ނަގާލާނެ ކަމަކަށް ވާއިރު، ދައުލަތުގެ އިސްވެރިންގެ ކިބައިން ރައްޔިތުން އެދެނީ މަސްރަޙު ފިނިކޮށް، އެންމެންގެ މެދުގައި ހަމަޖެހުން ގާއިމުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު