އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެ ޕާޓީގެ ޚިދުމަތްތައް ތަފާތުވަނީ އެ ސަބަބާ ހުރެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ށ. ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީއަކީ ރައްޔިތުންނަށްޓަކައި ހިތުގައި އޯގާތެރިކަން އޮތް ޕާޓީއެއް ކަމަށާއި، ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުން މުހިންމުކަމަށެވެ.
ސަލީމް ވިދާޅުވީ، ފޯކައިދޫން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީ ހޫނު މަރުހަބާއިން އެނގެނީ އެ ރަށުގެ ރައްޔިތުން ބީވެދިޔަ އޯގާވެރި ވެރިކަމަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި ޕާޓީއަށްވުރެ ބޮޑަށް ރަށުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށާއި، ފޯކައިދޫގެ ބަނދަރުގެ މަސައްކަތް ވެސް އަމަލީގޮތުން ކޮށްދެއްވީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގެ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނީ މައި ސަރުކާރަށްވުރެ ބޮޑަށް ކައުންސިލްތަކަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމު އިތުރަށް ފައްކާކޮށް، ރަށްރަށަށް ތަރައްގީ ގެނައުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު