އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިވެރިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަންނަމުންދާތީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހްމަދު އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ސަރުކާރުގެ މިހާރުގެ މިސްރާބު ހުރި ގޮތުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށާއި، ދެން ސަރުކާރުން ކުރަން އެންމެ ރަނގަޅު ކަމަކީ ހެދި ބިލެތާއި ކިއްލި ވިއްކުން ކަމަށެވެ.
އަހްމަދު އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ، އާންމު ވިޔަފާރިވެރިން އާމްދަނީ ހޯދުމަށް ކުރާ ކުދި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަދެ، އާންމުންގެ ފުރުސަތުތައް ހަނިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެންނަމުންދާ ސިޔާސަތުތަކަކީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކުރެއްވި މި ފާޑުކިޔުންތަކުގައި، ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުންގެ ޖީބަށް ތަސައްލީއެއް ލިބޭނެ ގޮތަކަށް ނޫން ކަމަށްވެސް އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން އަންނަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް މެދުނުކެނޑި ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު