ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން "ހޭވައްލާ ތައްޔާރު" ނަމުގައި ބާއްވާ ބޮޑު ޖަލްސާގެ ތައްޔާރީތައް އައްޑޫ ސިޓީގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މި އިންތިޚާބަށް ތައްޔާރުވުމުގެ ރޫޙު އައްޑޫގެ އެކި ދާއިރާތަކުން ފެންނަމުންދާއިރު، މިރޭ ބާއްވާ މި ބޮޑު ހަރަކާތަކީ ކެމްޕޭނުގެ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، 20:30 ގައެވެ. ޖަލްސާ އޮންނާނީ އައްޑޫ ސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައެވެ. މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ވަނީ އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަށް ލޯތްބާއެކު ދައުވަތު އަރުވާފައެވެ.
ޖަލްސާ ބާއްވާ ސަރަހައްދު ޒީނަތްތެރިކުރުމާއި، ސްޓޭޖް ތައްޔާރުކުރުމުގެ މަސައްކަތްތައް ފޯރިއާއެކު ކުރިއަށްދާއިރު، މިއީ އިންތިޚާބުގެ ފޯރި އައްޑޫގައި އިތުރަށް ގަދަވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު