އައްޑޫ ސިޓީއަކީ އިގްތިސާދީ މައި ހަބަކަށް ހެއްދެވުމަށްޓަކައި، 2027 ވަނަ އަހަރުން ފެށިގެން އެ ސިޓީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސް.އެމް.އީ) އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަކި މުއްދަތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބިމުގެ ކުއްޔާއި އާމްދަނީން ނަގާ ޓެކްސް ފަދަ ބައެއް ޓެކްސްތަކުން އިސްތިސްނާވުމާއި، އެހެނިހެން އިގްތިސާދީ ލުއިތައް ހިމެނެއެވެ.
"އަޅުގަނޑު އިއުލާނު ކުރަން، މިގޮތަށް އެންމެ ފުރަތަމަ ހުޅުވާލެވޭ ސަރަހައްދަކީ ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ ސިޓީ ކަމަށް. އެއީ 1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނޭހެން ތަފާތު އެކި ދާއިރާތަކުން އައްޑޫގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް ވަނީ ދައުވަތު އަރުވާފައެވެ. އަދި މި މަޝްރޫއު އަމަލީ ގޮތުން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ގާނޫނީ، އިދާރީ އަދި ފަންނީ އިންތިޒާމުތައް މިއަހަރުގެ ތެރޭގައި ފުރިހަމަ ކުރަށްވާނެ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެ، އައު ވަޒީފާގެ ފުރުސަތުތައް އުފެދި، އައްޑޫ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޮޑު ދިރުމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު