ވ. ސިނަމަން ވެލިފުށި ރިސޯޓުގައި މަސައްކަތްކުރާ ދިވެހި އަންހެން މުވައްޒަފަކު ސިއްރުން ވިހެއުމަށްފަހު، ދަރިފުޅު ކުނި ވަށިގަނޑަކަށް އެއްލާލާފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، އެ ރިސޯޓުގެ އަންހެން މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކްގައި މިޢަމަލު ހިންގާފައިވާކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ، ވ. އަތޮޅުގެ ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެ އިނދެ ބައިގެންގޮސް ކުއްޖާ ނިޔާވެފައިވާ މައްސަލައެއް އިއްޔެ ހެނދުނު 10:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ކުއްޖާ ފެނިފައިވަނީ އެކޮމޮޑޭޝަން ބްލޮކް ތެރެއިން ކުނިވަސް ދުވާތީ އެ ތަން ބަލަމުން ދަނިކޮށް، ޑަސްބިން އެއްގެ ތެރެއިން ކަމަށާއި، ފެނުނުއިރު ކުއްޖާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ކުއްޖާގެ ބަރުދަނުގައި ގާތްގަނޑަކަށް 2 ކިލޯ ހުރި ކަމަށްވެއެވެ.
އޭގެއިތުރުން ފުލުހުން ބުނީ, މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު