ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް ޔާމީން އަބްދުލް ގައްޔޫމް އާ އެކު ގައި ސިޔާސީ މަސައްކަތް ކުރަށްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މީގެކުރިން ވެރިކަން ކުރެއްވި، ކުރީގެ ދެ ރައީސުން މިހެން ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ރައީސް ޞާލިޙް ވިދާޅުވީ، ކުރީގެ ރައީސުންނާ އެކު ގުޅިގެން މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ ކަންތައްތައް ހުރި ކަމަށެވެ.

"ރައީސް ޔާމީން އާ އެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ،" ދެ ރައީސުން ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނު އާ އެކުވެސް އެމްޑީޕީ އިން ކުރިން މަސައްކަތް ކުރި ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ވިދާޅުވީ މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. އަދި އެކަންކަން ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް އައުމަކީ ދެ ބޭފުޅުން ވެސް އެދިވަޑައިގަންނަވާ ކަމެއްކަމަށް ދެ ރައީސުންވެސް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ދެ ރައީސުން މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ޔާމީން ވެސް ވަނީ އެކުގައި މަސައްކަތް ކުރުމަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު