ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.
"ލޫޓުވައިފި" ނަމުގައި ބޭއްވި މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވި އިރު ސަރުކާރަށް ވަނީ ޑިމާންޑްތަކެއް ކޮށްފައެވެ.
- ސަރުކާރަށް ކުރި ޑިމާންޑްތައް؛
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިޔުން.
- އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޭން ފެށުން.
- ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިޔުން.
- މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލުން.
- އާސަންދައާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް ހަމައަށް ލިބެމުން އައި މިންވަރަށް ލިބިދުނުމަށާއި ބޭސްތައް ބަރާބަރަށް ލިބޭނެގޮތް ހެދުން.
މި ފަސް ޑިމާންޑް ސަރުކާރައް ކުރުމަށްފަހު މުޒާހަރާ އެރެއަށް ނިންމާލީ ނޮވެމްބަރު 17 ގައި ބޮޑު މުޒާހަރާއަކަށް ނިކުންނާނެ ކަމުގެ އިންޒާރު ސަރުކާރައް ދިނުމަށް ފަހުއެވެ. ނަމަވެސް ކުއްލި ގޮތަކަށް އެމްޑީޕީއިން ވަނީ މުޒާހަރާ ފަސްކޮށްފައެވެ.
ސުވާލަކީ ސަރުކާރަށް އެމްޑީޕީން ކުރި ޑިމާންޑްތައް ސަރުކާރުން ފުރިހަމަ ކުރީތޯއެވެ؟ އެ މުޒާހަރާ ކުރިއަށް ނުގެންދާން ނިންމީ މުޒާހަރާގެ މަގުސަދު ހާސިލުވުމުން ތޯއެވެ؟ ރައްޔިތުން ތިބީ އަދި ވެސް މަގުމަޗައް ނުކުމެ ސަރުކާރު ޒިންމާދާރު ކުރަން ޖެހިއްޖެއްޔާ އެކަން ކުރަން ތޯއެވެ؟މިއީ މިހާރު އެދުވަހު މަގުމައްޗަށް ނުކުތް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކެވެ.
ޖަވާބަކީ، ނޫނެކެވެ. މުޒާހަރާގައި ކުރި އެއްވެސް ޑިމާންޑެއް ހާސިލެއް ނުވެއެވެ. އެެއިން އެއްވެސް ކަމަކަށް ސަރުކާރުން އިޖާބައެއް ނުދެއެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އެނގެނީ ޑިމާންޑްކުރި އެއްކަމެއްވެސް ނުވާނެކަމެވެ. އެހެންކަމުން އެދުވަހުގެ މުޒާހަރާއަކީ ހަމަ ޖަމަލު ފޮޑިއެކެވެ.
މިހާރު ސިޔާސީ މަޝްރަހުން ފެންނަ މަންޒަރުތަކަށް ބަލާއިރު ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި އިދިކޮޅު އެމްޑީޕީއަކަށް އެފަދަ މުޒާހަރާއެއް ބޭއްވިދާނެ ފަދަ މަންޒަރުތަކެއް ނުވެސް ފެނެއެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އޮތީ އެއަށްވުރެ ބަލިކަށި ކޮށެވެ. މާބޮޑަށް ވިއްސިވިހާލި ވެފައެވެ.
އެޕާޓީން މިފަދަ ހުރިހާކަމެއް ހުއްޓާލާފައި މުޅި ޕާޓީގެ ފޯކަސް ގެންދޔައީ މާލޭ ސިޓީގެ މޭޔަރު ގޮނޑިއާ ދިމާއަށެވެ. ބައިބައިވެ ރޫޅިފައިވާ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން އިތުރަށް ބޮޑުވީ މި ގޮނޑިއާއި ހެދިއެއެވެ.
ދެ ޢާޒިމް ދެފަރާތަށް ލައިގެން ޕާޓީގެ އެތެރޭގައި ކޯޅެން ތިއްބާ މިފެންނަނީ ކަންޒު ކަހަނބު ގޮސް ރޭސް ނިންމާލާ މަންޒަރެވެ. އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަން ނިމިގެން ދިޔައީވެސް މިފަދަ ގޮތަކަށެވެ. ޕާޓީގެ އިސް ދެވެރިން ބޯކިބާ ބަހާނެ ގޮތަކާއިމެދު ދެބަސްވެ އަރައިރުންވާން ތިއްބާ މަކުނު ތިލަފަތް ހިފައިގެން އައިސް ބޯކިބާ ދެބަޔަށް ބަހައި ކިރައި ހަމަކުރާން ފަހަރަކު ބަޔަކުން ކަމުން ކިރަމުން ގޮސް ބާކީ އޮތީ ތިމަންނާގެ އުޖޫރައޭ ބުނެ ބޯކިބާ އެއްކޮށް ކައިލައިގެން ދިއުމަށް ފުރުސަތު ލިބުނީ ވެސް މިހާރު މި ހިނގާފަދަ ކޯޅުންތަކަކާހުރެއެވެ. އެހެންވީމާ ލޫޓުވައިފި މުޒާހަރާއެއް ވެސް އެމުޒާހަރާގެ ޑިމާންޑަކަށް ވެސް ވާގޮތެއް ބުނެދޭކަށް ނޭނގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު