އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހު 30ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން ވަނީ މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އެޕާޓީން ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ބެލުމަށް އިއުލާނެއްކޮށްފަ އެވެ.

"ރަސް" އަށް އެގިފައިވާ ގޮތުގައި އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ޕްރައިމަރީ ބާއްވާނެ ތާރީހު ފައިނަލްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.

އެމްޑީޕީގެ ޕްރައިމަރީމަރީގައި އެންމެ ވާދަވެރިކޮށް ދަނީ މާލޭ މާޔަރު ކަމުގެ ޓިކެޓެވެ. އެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ. އަލީ އާޒިމް ނުކުންނަވަނީ ރައީސް ނަޝީދު ފަޅިންނެވެ. އަދި އާދަމް އާޒިމް ނުކުންނަވަނީ ރައީސް ސާލިހުގެ ފަޅިންނެވެ. އެހެން ކަމުން މި ޕްރައިމަރީ ވަރަށް ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު