ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްތައް ޕާޓީއަށް އަދާވާތްތެރިވާ ފަރާތްތަކުން ކުރަމުން ގެންދާކަމަށާއި، އެ މަޅިތަކުގައި ނުބެދި ސަމާލުވެތިބުމަށް އެމްޑީޕީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) އިލްތިމާސްކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޝަފީގް ވިދާޅުވީ މިފަދަ މަކަރުވެރި މަޅިތަކުގައި އެމްޑީޕީ މެންބަރުން ނުބެދި ސަލާމަތްވާން ޖެހޭ ކަމަށެވެ.
"އަދާވާތްތެރިން އެމްޑީޕީ ރޫޅައި ނައްތާލަން ކުރަމުންގެންދާ މަކަރުވެރި ހީލަތްތެރި މަސައްކަތްތަކާއި ރޭވުންތައް މިއަދުވެސް ބާރަށް ކުރިއަށް ދާކަން ސޯސަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ލިޔުންތަކުން ވަރަށް ސާފު! އެމްޑީޕީގެ ހިއްވަރުގަދަ މެންބަރުން މިކަންކަމާމެދު ވިސްނާ ސަމާލުވާންޖެހޭ!" ޝަފީގް ވިދާޅުވިއެވެ.
އަދި އެ ހީލަތްތެރި މަޅިތައް މިއަދުވެސް އެގެންދަނީ ޖަހަމުން ކަމަށާއި، އެ މަޅިތަކާ ނުބެދި ސަލަމާތްވާން ޖެހޭކަމަށް ޝަފީގް ވަނީ ވިދާޅުވެފައެވެ.
އޭނާ މި ޕޯސްޓު ކޮށްފައި މިވަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދެބަސްވުންތަކެއްވެސް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ޗެއާޕާސަނެއް ނެގުމަށް ފުރަތަމަ ބޭއްވި ގައުމީ އެއްވުމުގައި، އެ މަގާމަށް ކުރިމަތިލެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު (ވައްޑޭ) މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުމުން ބައްދަލުވުން ވަނީ މެދުކަނޑާލަފައެވެ. މައްސަލަ ހޫނުވީ ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު، އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ވައްޑޭ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
މީގެ އިތުރުން އެމްޑީޕީ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރާ ދެ ކެނޑިޑޭޓުންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އުފެދިފައިވާ ކަން ސޯޝަލް މީޑިއާއިން އެނގެއެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހިގެ ހިޔާލުތައްވެސް ތަފާތުވެ، ދެބަސްވުންތައް އުފެދި، އޭގެ ސަބަބުންވެސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު