ސްވިޒަލޭންޑްގެ އެޑެލްވައިސްގެ ފްލައިޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރްޕޯޓް އަށް ޖައްސައިފަ ( ފޮޓޯ: ވެލާނާ އިންޓަރނޭޝަނަލް އެއަރްޕޯޓް)
ސްވިޒަލޭންޑްގެ އެޑެލްވައިސްގެ ފްލައިޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރްޕޯޓް އަށް ޖައްސައިފަ ( ފޮޓޯ: ވެލާނާ އިންޓަރނޭޝަނަލް އެއަރްޕޯޓް)
ސްވިޒަރލޭންޑާއި ދިވެހިރާއްޖެއާ ދެމެދުގެ އަލުން ދަތުރުތައް ފަށައި ސްވިޒަލޭންޑްގެ އެޑެލްވައިސްގެ ފުރަތަމަ ފްލައިޓު މިމަހު 27 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓްގެ 13 ވަނައިގަ ސްވިޒަރލޭންޑް ހިމެނޭއިރު ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުން މިއީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އިޔާދަ ކުރުމަށް ލިބޭ އިތުރު އެހީތެރިކަމަކަށް ވާނެއެވެ. 2019 ވަނަ އަހަރު އެކަނިވެސް ސްވިޒަރލޭންޑްގެ 33،829 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 2.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ސްވިޒަރލޭންޑާއި ދިވެހިރާއްޖެއާ ދެމެދުގެ ދަތުރުތައް އަލުންފެށުމާ ބެހޭގޮތުން، ސްވިޒަލޭންޑްގެ އެޑެލްވައިސްގެ ޗީފް ކޮމާޝަލް އޮފިސަރ ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ކަނޑާއި އެކި ކުލަ ކުލައިގެ ފަރު ތަކަކީ، ސްނޯކްލް ކުރާ މީހުންނަށާއި ޑައިވަރުންނަށް އެންމެ ކަމުދާ އެއް މަންޒަރު ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން، ބޭނުންވާ ރައްކާތެރިކަންވެސް އެ ރީތި ރަށްތަކުން ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން