ފުލުހުން މަސްވެރިންގެ އިހުތިޖާޖު ރޫޅާލީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ކަމަށް ބުނެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އެކަން ކުށްވެރިކޮށްފިއެވެ.
އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖު ފުލުހުން މިިއަދު ރޫޅާލީ މާލޭ ބޭރުގައި ދޯނިތައް އަޅައިގެން ތިއްބާ އެ ދޯނިތަކަށް އަރައި ދެ ދޯންޏާއި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހުއެވެ. މި އިހުތިޖާޖުގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި އަދި އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.
މަޖިލީހުގެ އެމްޑީޕީގެ 11 މެންބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ކަންކަމުގެ ވައުދުތައް ފުއްދުމުގައި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސްވެރިންނާއި، މަސްވެރި އާއިލާތަކުން ވޯޓު ދިނީ، ރާއްޖޭގެ މަސްވެރިކަން އައު ހަރުފަތަކަށް ގެންދަވާނެކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ ގުޅިގެން ކަމަށް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް މި ސަރުކާރުން މަސްވެރިންނަށް ދަތިކުރަމުންދާކަމަށާއި، މިހާ ދަތި ދުވަސްވަރެއް އަދި ނުދެކޭ ކަމަށް މަސްވެރިން ބުނަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ބޮޑު ކަންނެލި މަސްވެރިން ފެށި ސުލްހަވެރި އިހުތިޖާޖަކީ ބާނާ ބޮޑުކަންނެލި ކިރުމަށްޓަކައި އެތައް ދުވަހެއް ވަންދެއް ކިޔޫގައި މަޑުކުރަންޖެހުން އާއްމުވެ، ކަންނެލި ކިރޭނެ ގޮތް ނުވުމާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން އިންތިހާއަށް ލަސްވަމުންދިޔުމާއި، މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނާތީ، ހައްގުތައް ހޯދުމަށްޓަކައި ކުރާ އިހުތިޖާޖެއް ކަމަށެވެ.
އެގޮތުން އިހުތިޖާޖުކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށް، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއްގެ ބޭނުން ހިފަމުން ދަނިކޮށް، އިހުތިޖާޖު ނިމުމަކަށް ގެނައުމަށް ސަރުކާރުން ބޭނުންވެގެން އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ޤާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އަނިޔާވެރިގޮތަކަށް ހައްޔަރުކޮށްފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި މައުރޫފް ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލައިފައެވެ.
ހަމައެއާއެކު ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސްނޭޅުމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު