އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ޙައްލަކީ އައު ލީޑަރެއް ކަމަށާއި، އެއީ ރައީސް ނަޝީދާއި، ރައީސް ޞާލިޙް ނޫން އެހެން ބޭފުޅެއް ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ޔައުގޫބް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަ ނުކުރެއްވުމަކީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
އަދި އެ ދެ ބޭފުޅުންގެ ތަޖުރިބާ ބޭނުން ކޮށްގެން އައު ލީޑަރެއް ނެރެ، އެ ލީޑަރެއްގެ ފަހަތުގައި ޕާޓީ ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޔައުގޫބް ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިހާބުގައި އެ ދެ ބޭފުޅުން ވާދަކުރެއްވުން ރަނގަޅު ނޫންކަން ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވާ ކަމަށާއި، ރައީސް ޞާލިޙް ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ގާތުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ކަމަށެވެ.
އެހެންކަމުން މިހާރު އެ ދެ ބޭފުޅުން ވެސް ކަންކުރައްވަނީ އެ މަގުން ކަމަށާއި، އެ ބަސްފުޅުގެ މަތީގައި ދެބޭފުޅުންވެސް ތިއްބަވާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ހަމައެއާއެކު ޔައުގޫބް ވިދާޅުވީ ޕާޓީއަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް އެ ދެ ރައީސުން ދެން ކުރައްވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ.
2023ގެ ފަހުން ބޭއްވި އިންތިހާބުތަކުން އެމްޑީޕީ ބަލިވީ ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ދެމެދުގައި އުފެދުނު ކޯޅުމުގެ ސަބަބުން ކަމަށާއި އެހެންކަމުން އައު ލީޑަރެއް ދައްކައިގެން އެމީހެއްގެ ފަހަތުގައި ކުރިއަށް އޮތް އިންތިހާބުތައް އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ޔައުގޫބް ރޭ ވިދާޅުވެފައިވެއެވެ.
ޔައުގޫބް މިހެން ވިދާޅުވެފައިވާއިރު ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި އޮތް ދެބަސްވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ. އެގޮތުން ދާދިފަހުން ޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒްގެ މެދުގައި ބަހުގެ ޙަމަލާތަކެއްވެސް ބަދަލު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު