އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން، ދަރަންޏާއި ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅަންވާނީ، އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުންކަމަށް އީސީން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާނެތީ، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ފުރުސަތު އީސީން ވަނީ ދީފައެވެ. އެގޮތުން، މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެއެވެ.
ނަމަވެސް، މި ފޯމުތައް ހުށަހަޅަން ޖެހޭނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކަމަަށް އީސީން ވަނީ ބުނެފައެވެ.
އީސީން މިހާރު ވަނީ އިންތިޚާބީ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށްވެސް ހުޅުވާލާފައެވެ.
އަންނަ އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުންވެސް މިހާރުވަނީ ޕްރައިމަރީއަށް ހުޅުވާލާފައެވެ.
މި އިންތިޚާބުގައި 2000 މީހުންނަށް ވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުންނެވެ. އަދި 2000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށެއް ނަމަ 5 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެގޮތުން އިންތިޚާބުގައި ޖުމުލަ 1362 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް އިންތިހާބު ކުރާ 681 މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު