ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ޕާޓީގެ ކަންކަން ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އެޕާޓީން ރޭ އިންތިހާބުކުރި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މަގާމުން އިސްތިއުފާ ދެއްްވުމާއި ގުޅިގެން އެޕާޓީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ރޭ ވަނީ އިންތިހާބުކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭ ބޭއްވި ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް މެމްބަރު ޣަފޫރު އިންތިހާބުކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކުއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ނިއްމާލުމުގެ ގޮތުން އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ އެމްޑީޕީގެ އަސާސީ ހަމަތަކާއި ގަވައިދުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން، ވަކި މީހެއްގެ ނުފޫޒަށް ތަބާނުވާނެ ކަމުގެ ޔަގީންކަން ޣަފޫރު ވަނީ އެމްޑީޕީގެ މެމްބަރުންނަށް ދެއްވާފައެވެ.

" ވަކި މީހަކަށް ވަކިގޮތެއް ހަދަން ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކުރާނެ މީހެއް ނޫން އަޅުގަނޑަކީ އެހެންވީމަ އެ ޔަގީންކަން އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް އަރުވަން،" ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް