ވެރިކަން ކުރާ ޕީއެންސީން، 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކެމްޕެއިން މެނޭޖަރަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް ހަމަޖެއްސާފައިވަނީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް އެވެ.
ޕީއެންސީން މި އިންތިޚާބަށް ރަސްމީ ތައްޔާރީތައް ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާއިރު، ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ބޭއްވުމާމެދުވެސް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެޕާޓީން މަޢުލޫމާތު ލިބިފައިވެއެވެ.
ޕީއެންސީން ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންދާއިރު، އިދިކޮޅު އެމްޑީޕީންވެސް އެ އިންތިޚާބަށް ކެމްޕެއިން ވަނީ ފަށާފައެވެ. އެގޮތުން އަންނަ މަހު އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ. އެ ދެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު