ޝާހުރުކްގެ ނަމުގައި އޮފީސް ޓަވަރެއް ގާއިމް ކުރާކަން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު-
ޝާހުރުކްގެ ނަމުގައި އޮފީސް ޓަވަރެއް ގާއިމް ކުރާކަން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު-
ބޮލީވުޑްގެ ސުޕަސްޓާރ ތަރި ޝާހުރުކް ޚާންގެ ނަމުގައި އޮފީސް އިމާރާތެއްގެ ގޮތުގައި ޓަވަރެއް ބިނާކުރަން ނިންމައި ދުބާއީގެ ރިއަލްސްޓޭތު ކުންފުންޏަކުން ނިންމައިފިއެވެ.

ދުބާއީގެ ރިއަލް އެސްޓޭޓް ކުންފުނި ޑެނޫބް ޕްރޮޕަޓީސް އިން މިކަން އިއުލާން ކޮށްފައިވަނީ މުމްބާއީގައި ބޭއްވި ކުލަގަދަ ހަފުލާއެެއްގަ އެވެ. އެ ހަފުލާގައި ޝާހްރުކާއި ޑެނޫބްގެ ވެރިން ބައިވެރިވި އެވެ.

"ޝާހްރުކްސް ބައި ޑެނޫބް" ގެ ނަން ދީފައިވާ މި ޓަވަރުގައި ޝާހްރުކް ސިގްނޭޗާ ސްޓެޕެއް ކަމަށްވާ އޭނަގެ ދެ އަތް ފަތުރައިލާ މަންޒަރު ދައްކުވައިދޭ ގޮތަށް ސްޓެޗޫއެއް ވެސް ބަހައްޓާގޮތަށް ވަނީ ހަަމަޖެހިފައެވެ.

ޑެނޫބް ޕްރޮޕަޓީސްގެ މެނޭޖިން ޑިރެކްޓަރު އަދީލް ސަޖަން ބުނީ މިއީ 55 ބުރީގެ އޮފީސް ޓަވަރެއް ކަމަށެވެ. އަދި މިތަން ހަދަން ނިންމާފައި ވަނީ އަންނަ އަހަރު ދުބާއީ އަށް ރަސްމީކޮށް ތައާރަފު ކުރަން ނިންމާފައިވާ އެއާ ޓެކްސީތަކަށް ވެސް ލޭންޑް ކުރެވޭ ގޮތަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝާހްރުކް ބުނީ އޭނަގެ ނަމުގައި ޓަވަތެއް ހަދަން ޑެނޫބް އިން ނިންމުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި އޭނަގެ މަންމަ މި ވަގުތު ދުނިޔޭގައި ހުރި ނަމަ މިކަމާ ވަރަށް އުފާކުރީސް ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު