މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް، އޭނާގެ ފަހުގެ ފިލްމު "ސަތުލުޖް" އަށް މަލާމާތްކުރި ފަރާތްތަކަށާއި، ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ) ގެ ފާޑުކިޔުންތަކަށް ހުކުރު ދުވަހު ނިއުދިއްލީގައި ބޭއްވި ކޮންސަޓުގައި ވަރުގަދަ ރައްދެއް ދީފިއެވެ.
އޭނާގެ އައު މިއުޒިކް ޓުއާ "އޯރާ އިންޑިއާ ޓުއާ 2026" ފެށުމުގެ ގޮތުން ދިއްލީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވި މި ކޮންސަޓް ބަލަން އެތައް ހާސް ބަޔަކު ވަދެ، ތަން އޮތީ ފުރިބާރުވެފައެވެ. ސްޓޭޖުމަތީގައި ވާހަކަދައްކަމުން ދިލްޖީތު ބުނީ، އޭނާގެ ފިލްމަށް ސްޓޭޖުތަކުގައި މަލާމާތްކުރި ނަމަވެސް، ހަނގުރާމަކުރަންވީ ގޮތް ޕަންޖާބީންނަށް ދަސްކޮށްދޭން އެއްވެސް ބަޔަކު ނޫޅުމަށެވެ.
ދިލްޖީތަށް ފާޑުކިޔުންތައް އަމާޒުވާން ފެށީ، އިންޑިއާގައި ދާދިފަހުން ފެންމަތިވި އިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި ކުދިން ކުރަމުންދިޔަ މުޒާހަރާތަކާ ގުޅޭގޮތުން ސަޕޯޓަރަކު ސުވާލުކުރުމުން، އޭނާއަކީ ހަމައެކަނި "އާޓިސްޓެއް" ކަމަށް ބުނެ ޖަވާބުދާރީވުމުންނެވެ. މި ޖަވާބާ ގުޅިގެން ސީޖޭޕީގެ އިސް ލީޑަރު އަބީޖީތު ދިޕްކޭ ހިމެނޭހެން ގިނަ ބަޔަކު ވަނީ ދިލްޖީތަކީ މުނާފިގެއް ކަމަށް ބުނެފައެވެ. އަދި ސިޔާސީ ކަންކަމަށް ބިނާކޮށް ހަދާ "ސަތުލުޖް" ފަދަ ފިލްމުތައް ކުޅޭއިރު، ދަރިވަރުންގެ ހައްގުގައި ބަސްނުބުނެވޭތީ އެ ޕާޓީން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފިލްމަށް މަލާމާތްކޮށްފައެވެ.
ސީޖޭޕީގެ ނަން ސީދާ ގޮތެއްގައި ނުގަތް ނަމަވެސް، ކޮންސަޓްގެ ތެރެއިން ދިލްޖީތު ބުނީ "އަހަރެން މިހިރީ މަޑުން. އެހެންވީމާ އަހަރެން މަޑުން ހުންނަން ދޫކޮށްލާ. އަހަރެން އެންމެންނަށް ވެސް ތާއީދުކުރަން. އެކަމަކު ހަނގުރާމަކުރާނެ ގޮތް ޕަންޖާބީންނަކަށް ދަސްކޮށެއް ނުދެވޭނެ،" ކަމަށެވެ. މީގެއިތުރުން ޖަސްވަންތު ސިންގް ޚަލްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި "ސަތުލުޖް" ފިލްމަކީ ވަރަށް ބުރަ މަސައްކަތުން ނެރުނު ފިލްމެއް ކަމަށާއި، ބަޔަކު އެމީހުން ދެކެ ރުޅިއަޔަސް އޭނާ ހުރިހާ އެންމެން ދެކެވެސް ލޯބިވާ ކަމަށް ދިލްޖީތު ބުންޏެވެ.
ހަނީ ތުރޭހާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 1980 އަދި 1990 ގެ އަހަރުތަކުގައި ޕަންޖާބުގައި ހިނގައިދިޔަ ގަވާއިދާ ހިލާފު މެރުންތަކާއި ސިއްރުން މީހުން އަންދާލި މައްސަލަތައް ފަޅާއަރުވާލި އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޖަސްވަންތު ސިންގް ޚަލްރާގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމެކެވެ. ކުރިން "ޕަންޖާބް 95" ގެ ނަމުގައި އުފެއްދި މި ފިލްމު ސެންސަރުގެ ގިނަ ހުރަސްތަކަކަށްފަހު ޒީ5 އިން ޖުލައި 3 ގައި ރިލީޒްކުރި ނަމަވެސް، ދެ ދުވަސް ތެރޭގައި ވަނީ ޕްލެޓްފޯމުން ނަގާފައެވެ. މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅި ހުރަހެއް ކަމަށް ބުނެ ގިނަ ބަޔަކު އޭރު ކަންބޮޑުވުން ފާޅުކުރިއެވެ.
ބުކްމައިޝޯ ލައިވް އާއި ލައިވް ނޭޝަން ގުޅިގެން އިންތިޒާމުކުރާ ދިލްޖީތުގެ މި ޓުއާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު އިންޑިއާގައި ކުރިއަށްގެންދާ ޓުއާއެކެވެ. ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އެކި ސިޓީތަކުގައި އޭނާގެ މި ޝޯތައް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު