ދިވެހި ސިނަމާގައި މިހާރު ދައްކަމުން އަންނަ ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫނު" ބެލުމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ، ކުރިއަށް އޮތް ހުކުރު ދުވަހު މެންދުރުފަހު އިތުރު ޝޯއެއް ދެއްކުމަށް ނިންމައި ޓިކެޓު ވިއްކަން ހުޅުވާލައިފިއެވެ.
މި މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރި މި ފިލްމުގެ ޓިކެޓުތައް ހަލުވިކަމާއެކު ވިކެމުންދާތީ، އޮކްޓޯބަރު 30 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައި ދައްކާ ޝޯގެ ޓިކެޓު މިހާރު ވަނީ އާންމުކޮށް ވިއްކަން ފަށާފައެވެ.
ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ ކުރިއަށް އޮތް ދުވަސްތަކުގެ ޝޯތަކުން ޓިކެޓު ލިބެން ނެތިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާތީ، ކުއްލިއަކަށް ހުކުރު ދުވަހުގެ ހަވީރަށް އިތުރު ޝޯއެއް ހުޅުވާލަން ނިންމީ ކަމަށެވެ.
"ކުރިންވެސް ބުނިން މި ފިލްމަކީ ރިލީޒް ވުމަށްފަހު ވަރަށް ބާރުބޮޑުކޮށް ދާނެ ފިލްމެކޭ، ކުރީބައިގަ ޓިކެޓު ނުނަގައިފިއްޔާ ސްކްރީނުން ބަލާލުމުގެ ފުރުސަތު ގެއްލިދާނެއޭ. އޮލިމްޕަސް ލިބިފައިވަނީ ކުރު މުއްދަތަކަށް މިފަހަރު، މިހާރު ސީޓު ކަށަވަރު ނުކޮށްފިއްޔާ އެ ޗާންސު ގެއްލޭނެ،" ނަހުލާ ބުންޏެވެ.
މި ފިލްމު އޮލިމްޕަހުގައި އަޅުވާފައިވާއިރު، މުޅި ސޯޝަލް މީޑިއާގައި މިހާރު ފެންނަމުންދަނީ ފިލްމަށް ތައުރީފުކޮށް ލިޔެފައިވާ ރިވިއުތަކެވެ. ގިނަ ބެލުންތެރިން ފާހަގަކުރާ ގޮތުގައި މިއީ ނަހުލާގެ މިހާތަނަށް ފެނުނު އެންމެ ވަރުގަދަ، އެންމެ ތަފާތު އަދި އެންމެ ސަޕްރައިޒިންގް ފިލްމެވެ. އަދި މިއީ ދިވެހި ސިނަމާގެ ތާރީޚުގައި ލިޔެވިގެންދާނެ، އެޅުވި އެންމެ މޮޅު ތުރިލާ ލަވް ސްޓޯރީ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފިލްމުގެ ޖަޒުބާތުތަކާއި، ސަސްޕެންސާއި ތުރިލް ގެނެސްދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ބެލުންތެރިން އިއްތިފާގުވެއެވެ.
"މަޖުނޫނު" ގެ ޓިކެޓު ބުކްކުރަން ބޭނުންވާ ފަރާތްތަކަށް 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށް ޓިކެޓު ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު