ލޭބަރ ޕާޓީގެ ބައެއް ފައުންޑަރުން
ލޭބަރ ޕާޓީގެ ބައެއް ފައުންޑަރުން
އީސީން ކުރިން އުވާލި ލޭބަރ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

އީސީން ލޭބަރ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ 2023 ވަނަ އަހަރުއެވެ. އެ ޕާޓީ އުވާލި އިރު ޕާޓީގެ ދަފްތަރުގައި ތިބީ 2556 މެންބަރުންނެވެ.

ނަމަވެސް، ސިވިލް ކޯޓުން ވަނީ އެޕާޓީ އުވާލުމަށް ނިންމި ނިންމުން މިދިޔަ ބުރާސްފަތި ދުވަހު ބާތިލު ކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަނުން ޕާޓީ އިއާދަކުރި އިރު އެޕާޓީގައި ތިބީ 1874 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

އީސީގެ ދަފުތަރުގައި މިހާރު އޮތް 9 ޕާޓީ އަކީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.



ކިޔުންތެރިންގެ ހިޔާލު