އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމާމެދު އައްޑޫގެ 3 އަވަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ދާއިމީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ ތެރެއިން ވޯޓުލީ ރައްޔިތުންގެ އަޣުލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދު ކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށެވެ.
އީސީން އިޢުލާނު ކޮށްފައިވާ ފޭދޫގެ ރަސްމީ ނަތީޖާ ދައްކާގޮތުން ސިޓީ ކައުންސިލުން ވަކިވުމަށް ފެންނަ ކަމަށް 616 މީހުން ވޯޓު ދީފައިވާއިރު، 1784 މީހުން ވޯޓު ދީފައިވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަ ކަމަށެވެ. ފޭދޫގައި ވޯޓުލުމުގެ ޙައްޤު 4355 މީހުންނަށް ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 2436 މީހުންނެވެ.
ހުޅުދޫގެ ރަސްމީ ނަތީޖާ ދައްކާގޮތުން ސިޓީ ކައުންސިލުން ވަކިވުމަށް ފެންނަ ކަމަށް 723 މީހުން ވޯޓު ދީފައިވާއިރު، 329 މީހުން ވޯޓު ދީފައިވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަ ކަމަށެވެ. ހުޅުދޫގައި ވޯޓުލުމުގެ ޙައްޤު 2874 މީހުންނަށް ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 1069 މީހުންނެވެ.
އޭގެއިތުރުން މީދޫގެ ރަސްމީ ނަތީޖާ ދައްކާގޮތުން ސިޓީ ކައުންސިލުން ވަކިވުމަށް ފެންނަ ކަމަށް 847 މީހުން ވޯޓު ދީފައިވާއިރު، 144 މީހުން ވޯޓު ދީފައިވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަ ކަމަށެވެ. މީދޫގައި ވޯޓުލުމުގެ ޙައްޤު 2347 މީހުންނަށް ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 1008 މީހުންނެވެ.
އީސީން ބުނީ އިއްޔެ ކުރިއަށްދިޔަ އައްޑޫ ވޯޓުގެ ކަންތައްތައް ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކޮށް ކަމަށާއި، ވޯޓާއި ގުޅިގެން ކޮމްޕްލަޔަންސް ބިއުރޯގައި އެއްވެސް ޝަކުވާއެއް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. އަދި ވޯޓު ކުރިއަށްދިޔަ ވަގުތު ހުރިހާ ފަރާތްތަކުންވެސް އީސީއަށް ފުރިހަމަ އެއްބާރުލުން ދީފައިވާކަން ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު