މަރްޔަމް ނަހްދާ ވަޙީދު   25 އޮކްޓޯބަރު 2025 - 16:54
ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި-
ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި-
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު ނެގުން ނިއްމާލުމަށްފަހު ވޯޓު ގުނަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ބުނީ ކުރިއަށްގެންދިޔަ ވޯޓުނެގުން ނިމި، ވޯޓުގުނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް ސޮލާހު ވިދާޅުވީ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަން ކަށަވަރު ވާނީ އެންމެ ފަހުގެ ޖުމުލަ ނަތީޖާއާ ހިސާބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ވަގުތީ ނަތީޖާ ވޯޓުފޮށި ބަންދުކުރާތާ އެއް ގަޑިއިރާއި ދޮޅު ގަޑިއިރުގެ ތެރޭގައި ލިބެން ފަށާނެ ކަމަށެވެ.

މި ވޯޓު ލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. ކިއު ނެތް ހުރިހާ ވޯޓު ފޮށްޓެއް ވަނީ ހަވީރު 16:00 ގައި ބަންދު ކޮށްފައެވެ.

އީސީން ބުނީ އައްޑޫ ވޯޓްގައި 2 މައްސަލަ ފާހަގަކުރެވުނު ކަމަށާއި، އެ ދެ ޝަކުވާ އިން ވެސް ވޯޓްގެ ނަތީޖާއަށް ބަދަލު އަންނަ ވަރެއް ނުވާނެ ކަމަށެވެ. އީސީ އިން ބުނީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އާދިއްތަ ދުވަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު