އައްޑޫ ރިފަރަންޑަމް ވޯޓުގެ ތެރެއިން-
އައްޑޫ ރިފަރަންޑަމް ވޯޓުގެ ތެރެއިން-
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު މިއަދު ހެނދުނުން ފެށިގެން ކުރިއަށް ދާއިރު މި ވޯޓުގައި ބައިވެރިވާ މީހުންގެ އަަދަދު ވަރަށް ދަށްކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފޭދު އާއި ހުޅުދޫ އަދި މީދޫގައި މި ފެންނަ ނުފެންނަ ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ޖުމުލައަކީ 9،576 މީހުންނެވެ. އީސީ އިން މީގެ އިރުކޮޅެއް ކުރިން ބުނީ މެންދުރުފަހު 15:00 އާ ހަމައަށް ވޯޓު ލާފައިވަނީ ޖުމުލަ 3410 މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 1715 އަންހެނުންނާއި، 1695 ފިރިހެނުންނެވެ.

މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 35.61 އިންސައްތަ މީހުން ކަމަށް އީސީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. ހަވީރު 4:00 ގައި ވޯޓުލުމަށް ކިޔު ބަންދު ކުރަން ނިންމާފައިވާއިރު، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި ވޯޓުލުން އޮތް ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

އީސީ އިން ބުނީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އާދިއްތަ ދުވަހު ކަމަށެވެ.

މި ވޯޓުގައި ވޯޓުލުމަށް ޑިޖިޓަލް އެއްވެސް ކާޑެއް ބަލައި ނުގަންނާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު