މަރްޔަމް ނަހްދާ ވަޙީދު   25 އޮކްޓޯބަރު 2025 - 13:13
މާލޭގައި ވޯޓު ލުން ކުރިއަށް، ފޮޓޯ: އީސީ
މާލޭގައި ވޯޓު ލުން ކުރިއަށް، ފޮޓޯ: އީސީ
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު މިއަދު ހެނދުނުން ފެށިގެން ކުރިއަށް ދާއިރު، 5 ގަޑިއިރު ހަމަވިއިރު ވޯޓު ލާފައިވަނީ އެންމެ 21.9 އިންސައްތަ މީހުންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ފޭދު އާއި ހުޅުދޫ އަދި މީދޫގައި މި ފެންނަ ނުފެންނަ ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ޖުމުލައަކީ 9،576 މީހުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މެންދުރު 13:00 އާއި ހަމައަށް މީގެ ތެރެއިން ވޯޓު ލާފައިވަނީ ޖުމުލަ 2097 މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 995 އަންހެނުނާއި، 1102 ފިރިހެނުންނެވެ.

މިއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 21.9 އިންސައްތަ މީހުން ކަމަށް އީސީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. ހަވީރު 4:00 ގައި ވޯޓުލުމަށް ކިޔު ބަންދު ކުރަން ނިންމާފައިވާއިރު، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި ވޯޓުލުން އޮތް ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

އީސީ އިން ބުނީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އާދިއްތަ ދުވަހު ކަމަށެވެ.

މިހާރު ކުރިއަށްދާ ޚިޔާލު ހޯދުމުގެ ވޯޓުގައި، ވޯޓުލުމަށް ޑިޖިޓަލް އެއްވެސް ކާޑެއް ބަލައި ނުގަންނާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު