އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕު-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕު-
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ޖެނޮސައިޑު ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް ޖަމާއަތުން ހިލާފުވެއްޖެނަމަ، ޖެނޮސައިޑް އަލުން ފެށުމަށް ހުއްދަ ދޭން ވިސްނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ހަމާސް އިން އަމަލު ނުކުރާ ނަމަ، ޣައްޒާގައި އަލުން ހަނގުރާމަ ފެށުމުގެ ހުއްދަ އިސްރާއީލްގެ ސިފައިންނަށް ދޭނެ ކަމަށެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމުގައި ހަމާސް ޖަމާއަތުން ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށް ހިމަނާފައި ވީ ނަމަވެސް، ހަމާސް އިން ވަނީ އެކަމާ އިންކާރު ކޮށްފައެވެ. މިކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ އަންގަވާ ގޮތަކަށް އިސްރާއީލް އިން އަމަލު ކުރާނެ ކަމަށެވެ.

އަދި އިސްރާއީލަށް ހަމާސްގެ ހަތިޔާރުތައް ނައްތާލެވޭ ނަމަ، އިސްރާއީލް އިން އެކަން ކުރާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕު ވިދާޅުވީ ހަމާސް ޖަމާއަތާ ދިމާވެފައިވާ މައްސަލަތައް ވަރަށް އަވަހަށް ހައްލުވެގެން ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު