އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އައްޑޫގެ 3 ރަށުގައި 11 ފޮށި އަދި މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އަދި އެވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.
ޒާހިދު ވިދާޅުވީ، 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުގައި ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށި އަދި މީދޫގައި 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެރަށްރަށަށް ނިސްބަތްވާ މީހުންނަށް ވޯޓުލުމަށް، މާލޭގެ އެއްތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން ފޭދޫ ރައްޔިތުންނަށް 3 ފޮށި، ހުޅުދޫ ރައްޔިތުންނަށް 3 ފޮށި އަދި މީދޫގެ ރައްޔިތުންނަށް 1 ފޮށި ބަހައްޓާނެއެވެ
މި އިންތިޚާބުގެ ވޯޓުލުންވެސް ކުރިއަށް ގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް ކުރިއަށްގެންދާ ހުރިހާ މަރުހަލާތަކެއްވެސް ފުރިހަމަކޮށްގެން ކަމަށާއި، އިންތިޚާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، މި ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިމަހުގެ 24 ވަނަ ދުވަހުގެ އިރުއޮއްސި 06:00 އާ ހަމައަށް ކެމްޕެއިން ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު