މި ސަރުކާރުން ދަރަނި ދެއްކުން ލަސްކުރިކަމުގައިވީނަމަވެސް، ކުރާ ހަރަދުތައް އިންތިހާއަށް ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ މިދިޔަ ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު ހަމަވެފައިވަނިކޮށް، އެ މުއްދަތު އަނެއްކާވެސް އިތުރު އަހަރަކަށް ފަސްކޮށްދިނުމާ ގުޅިގެންނެވެ. މިއީ އިންޑިއާއިން ޓީބިލު ފަސްކޮށްދިން ދެވަނަ ފަހަރެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވައްޑެ ވިދާޅުވީ މި ސަރުކާރުން ދަރަނި ދެއްކުން ފަސްކުރަމުންދާކަމަށާއި، ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާކަމަށެވެ.
މިކަން މިހެން އޮތްއިރު ސަރުކާރުން ކުރާ ޚަރަދުތައް އިންތިހާއަށް ބޮޑުމިވަނީ ކީއްވެތޯ އަހައި އޭނާ ވަނީ ސަރުކާރާ ސުވާލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު