ރަސް އޮންލައިނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ދޮންއަންނާރު އިއްބެ ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު ނިޔާވީ ސްޓޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ޢާއިލާއާއެކު އިއްބެ ދިރިއުޅުއްވަމުން ގެންދެވީ އަވައްޓެރި ލަންކާގައެވެ.
އިއްބެއަކީ ރަސްއޮންލައިންގެ މީސްމީޑިއާ ހިންގެވުމުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވަމުން ގެންދެވި ބޭފުޅެކެވެ. މި ހިތާވެރި ދަނޑިވަޅުގައި ރަސްއޮންލައިންގެ މެނޭޖްމަންޓާއި މުޅި ޓީމްގެ ނަމުގައި އިބްރާހިމް ރަޝީދުގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރަމެވެ.
ރަސްގެ ޓީމުގެ ދުޢާއަކީ އިއްބެގެ ފާފަ ފުއްސަވައި، އިއްބެގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެހެއްޓެވުމެވެ.
އިއްބެގެ ޖަނާޒާގެ އަދާހަމަތައް ރަސްއޮންލައިނުން، ނޫހުގެ ކިޔުންތެރިންނަށް ޙިއްސާ ކުރަމުން ގެންދާނެ ކަމަށް ރަސްގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު