އއ މާޅޮސް އޯކިޑުމާގޭ އަލްމަރުޙޫމް އަބްދުއްރަޙުމާން އާދަމް (65އ)
އއ މާޅޮސް އޯކިޑުމާގޭ އަލްމަރުޙޫމް އަބްދުއްރަޙުމާން އާދަމް (65އ)
މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރާލިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

އަބްދުއްރަހްމާންގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި ނަމަވެސް ޙާދިސާ ހިނގިއިރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު ޖުލައި މަހުގެ 23 ވަނަ ދުވަހުގެރޭ 7:50 ހާއިރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި ޖުލައި 24 ވަނަ ދުވަހު އެހަށިގަނޑު ވަނީ ވަޅުލައިފައެވެ ފުލުހުން ބުނެފައިވަނީ، އޮޓޮޕްސީ ވަގުތީ ރިޕޯޓުން ވެސް އޭނާ ނިޔާވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަމަށް ދައްކާ ކަމަށެވެ.

މި މަރާއި ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެކަކަށް ވުރެ ގިނަ މީހުންގެ ފޯނު އަތުލައި އެރަށުގެ ބައެއް ގެތައް ބަލާ ފާސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އަބްދުއްރަޙްމާންގެ އަންހެނުން ނާޒިމާގެ ފޯނު ފުލުހުން ހިފެހެއްޓިއެވެ. ނަމަވެސް އާއިލާ އެހެން މީހެއްގެ ފޯނު ފުލުހުން ހޯދާފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ހައްޔަރު ކޮށްފައިވާ 3 މީހުންނަކީ މާޅޮހުގައި ވަޒީފާ އަދާކުރާ ތިން މީހުންނެވެ. އޭގެތެރެއިން 2 މީހަކު މާޅޮހުން ހައްޔަރު ކޮށްފައިވާއިރު އެކަކު ހައްޔަރުކުރީ މާލެއިން ކަމަށް ވެއެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދުވަހުގެ ދަންވަރު 01:50 ހާއިރުއެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ފަތިހުގެ ވަގުތެއްގައެވެ.

މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، މާޅޮހު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައި ފާސްކޮށްފައެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖުވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލާއި ފިންގަރ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު