ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މިއަދު މަރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހެއްގެ ދެމެދުގައި މިއަދު ހިނގި މާރާމާރީއެއްގައި ކަރަށް ވަޅި ޖެހުމުން، ލިބުނު ޒަޚަމްތަކުގައި މަރުވެފައިވަނީ އެރަށު ފިރިހެނެކެވެ.
އަދި ހަމަލާދިނުމަށްފަހު، ހަމަލާދިން މީހާވަނީ އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް ހައްޔަރުވެފައެވެ. ހަމަލާ ލިބުނު މީހާ ނިޔާވެފައިވަނީ، އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ހިނގި މިޙާދިސާގައި މަރާލާފައިވަނީ އެރަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމް ކަމަށެވެ.
ފުލުހުން ބުނީ މިޙާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ ހެނދުނު 10:12 ހާއިރު ކަމަށެވެ. އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު