ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތީ އާއި ދައުލަތުގެ ރިޒާވުން ރަސްމާލެ ހިއްކަން ފައިސާ ދައްކާ ކަމަށް ބުނެ ގަވަރުނަރާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޒިޔާރަތް ކުރަށްވައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ، ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅުނުވެ ހުންނެވުމާއި، ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެމްޑީޕީން ފޮނުވި ސިޓީއަށް ގަވަރުނަރު ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުން މިއަދު ވަނީ މުނައްވަރާ ބައްދަލު ކުރެއްވުމަށް އެމްއެމްއޭ އަށް ޒިޔާރަތް ކުރަށްވާފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕް މިއަދު އެއްއެމްއޭ އަށް ޒިޔާރަތް ކުރަށްވާފައިވާއިރު، ޑޮލަރުގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މިދިޔަ ބުދަ ދުވަހު ވަނީ ގަވަރުނަރަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އެމްއެމްއޭ އަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރަށްވައި އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރުން ވިދާޅުވީ، ކަޅުބާޒާރުގައި މިއަދު ޑޮލަރުގެ އަގު ހުރީ 22 ރުފިޔާގައި ކަމަށެވެ. އަދި މާދަމާ ހުންނާނެ އަގު ނޭނގޭ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާންޖެހެ ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ. އަދި މިއަދު ގަވަރުނަރާ ބައްދަލުނުވި ނަމަވެސް މާދަމާ ވެސް 11 ޖަހާއިރު އެމްއެމްއޭއަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަޑައިގަންނަވާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
އޭގެއިތުރުން ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ މަގެއް ނުފެންނަށް ކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ މެންބަރުން މިހެން ވިދާޅުވެފައިވާއިރު، ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 20 ރުފިޔާއަށް އަރައިފައެވެ.

ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ… pic.twitter.com/1nD87cneYH
— MDP Secretariat (@MDPSecretariat) July 21, 2025
އެމްޑީޕީގެ ޕީޖީ ގްރޫޕް މިއަދު އެއްއެމްއޭ އަށް ޒިޔާރަތް ކުރަށްވާފައިވާއިރު، ޑޮލަރުގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މިދިޔަ ބުދަ ދުވަހު ވަނީ ގަވަރުނަރަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އެތެރެކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އެމްއެމްއޭ އަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރަށްވައި އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރުން ވިދާޅުވީ، ކަޅުބާޒާރުގައި މިއަދު ޑޮލަރުގެ އަގު ހުރީ 22 ރުފިޔާގައި ކަމަށެވެ. އަދި މާދަމާ ހުންނާނެ އަގު ނޭނގޭ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާންޖެހެ ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ. އަދި މިއަދު ގަވަރުނަރާ ބައްދަލުނުވި ނަމަވެސް މާދަމާ ވެސް 11 ޖަހާއިރު އެމްއެމްއޭއަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަޑައިގަންނަވާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
އޭގެއިތުރުން ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ މަގެއް ނުފެންނަށް ކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ މެންބަރުން މިހެން ވިދާޅުވެފައިވާއިރު، ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 20 ރުފިޔާއަށް އަރައިފައެވެ.
ކިޔުންތެރިންގެ ހިޔާލު