އއ.މާޅޮސް އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް (65އ.)
އއ.މާޅޮސް އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް (65އ.)
ޕޯސްޓް މޯޓަމް ހެދުމަށާއި، އިތުރު ތަހުގީގަަށް ޢަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެންނަން ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އއ. މާޅޮހުގައި އަމިއްލަ ގޭގައި ނިދާފައި އޮއްވައި ޢަބްދުއްރަހްމާނަށް ހަމަލާދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާއަށް އޭނާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ދަންވަރު 1:50 ހާއިރެވެ. އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޢަބްދުއްރަހްމާންގެ ބޮލަށް ހަމަލާ ދީފައިވަނީ މަރުތޭލަކުންނެވެ. ނަމަވެސް މިކަމާ ބުހޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ ޢަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މިހާރު މާޅޮހުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އެރަށަށް އަރާފައިބާ މީހުންވެސް މޮނީޓަރ ކުރަން ފަށާފައިވާ ކަމަށެވެ. އަދި އިތުރު ތަޙުލީށާއި، ތަހުގީގަށް އޭނާގެ ހަށިގަނޑު މާލެއަށް ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭނާގެ ޕޯސްޓް މޯޓަމް ހެދުމަށް މިހާރުވަނީ ނިންމާފައެވެ.

އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާއެކު ގޭގައެވެ. ނަމަވެސް ހާދިސާ ހިނގިއިރު އަނބިމީހާ ހުރީ އެހެން ތަނެއްގައި ކަމަށް ވަނީ އެނގިފައެވެ.



ކިޔުންތެރިންގެ ހިޔާލު