ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމަށް ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ ގޮތުން، އެ ސަރަޙައްދު މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ޖުލައި 10 އަކުން ފެށިގެން ޖުލައި 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން ޢާންމުންނަށް ބަންދުވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުމުހޫރީ މައިދާނުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ޖުލައި 26 ވާ މިނިވަން ދުވަހުގެ ހަވީރު މިނިވަން ދުވަހުގެ މައިދާނީ ޙަރަކާތް، ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ދިފާއީ ބާރުގެ ހެވިކަމުގެ އެކި ހަރަކާތްތަކާއި ސްކޫލްތަކުން ހުށައަޅައިދޭ އެކިއެކި ހުށައެޅުންތައް ފެންނާނެއެވެ.
ޖުމްހޫރީ މައިދާނުގެ އިތުރުންވެސް މާލެއާއި ހުޅުމާލޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިނިވަން ދުވަހުގެ ޚާއްސަ ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑާއި ރޫޓުމާޗާއި ހަވާއެރުވުން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު