ނީލަކަންތަ ބަނޫ ޕްރަކާޝް
ނީލަކަންތަ ބަނޫ ޕްރަކާޝް
އާންމު ކޮންމެ ފަރާތަކުންވެސް ކިތަންމެ ކުޑަ ހިސާބެއް ހަދާލަން ވިޔަސް އެންމެ އަވަހަށް ނެގެނީ ކަލްކިއުލޭޓަރެވެ. ނަމަވެސް އިންޑިޔާގެ ހައިދްރައާބާދަށް އުފަން އުމުރުން 20 އަހަރުގެ ނީލަކަންތަ ބަނޫ ޕްރަކާޝް އަކީ ހިތުހިސާބުހެދުމައި އެފަދަ ދެވަނަ އެއްނެތް ޒުވާނެކެވެ. އޭނާ ސިކުނޑި ހަމަ ކަލްކިއުލޭޓަރަކަށްވެސް ފުދެއެވެ.

ހިސާބުކުރުމުގައި ހޭދަކުރި އެންމެ 26 ސިކުންތާއެކު ލިމްކާ ބޫކްސް އޮފް ރިކޯޑްސް އިން ހާމަކުރާގޮތުގައި ބަނޫ ޕްރަކާޝް ގެ ސިކުނޑިން ހިސާބުކުރުމުގައި އާންމުމީހަކަށްވުރެ ދިހަގުނައަވަސް ކަމަށް ބުނެފައިވެއެވެ.

އުމުރުން އެންމެ ފަސް އަހަރުގައި ދިމާވި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު އަނިޔާއެއްގައި ބޮލުގެ ނާށިގަނޑުގައި ރެނދުލައި، އެތަކެއް އޮޕަރޭޝަނަކަށްފަހު، މެޑިކަލް ކޯމާއެއްގައި 7 ދުވަހު އޮންނަންޖެހުނު ކަމަށް ބަނޫ ޕްރަކާޝް ސީއެންއެން އާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

މިީގެ އިތުރުން މިހާދިސާއަށްފަހު އެއް އަހަރު ދުވަހު ބަލި އެނދުގައި އޮވެ ތެދުވެ، ސިނކުޑި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ރާޒުވާ ކުޅުމާއި އެކި ހަރަކާތްތަކުގެ ތެރެއިން ހިތު ހިސާބުކުރުމަށް ފަރިތަކަން ފާހަގަ ކުރެވި އެކަން ކުރުމުގައި އިތުރަށް ހަރަކާތްތެރިވީ ކަމަށްވެސް ބަނޫ ޕްރަކާޝް ބުނެފައިވެއެވެ.

ބަނޫ ޕްެރަކާޝް ވަނީ މިއަހަރު ލަންޑަންގައި ބޭއްވި މައިންޑް ސްޕޯޓްސް އޮލިމްޕިއަޑް ގެ މެންޓަލް ކަލްކިއުލޭޝަން ވޯލްޑް ޗެމްޕިއަންޝިޕް އިން ރަން މެޑަލް ހޯދާފައެވެ. މިއީ މިދިޔަ 3 އަހަރުގެތެރޭގައި ޔޫރަޕް ނޫން އެހެން ގައުމަކުން މެންޓަލް ކަލްކިއުލޭޝަން ވޯލްޑް ޗެމްޕިއަންޝިޕް އިން ރަން މެޑަލް ގެންދިޔަ ފުރަތަމަ ފަހަރެވެ. ލިބުނު ކާމިޔާބީ އަށް ބަނޫ ޕްެރަކާޝް އަށް އިންޑިޔާގެ ރައީސް ރާމް ނާތު ކޮވިންދު އަދި ނައިބުރައީސް ވަނީ މަރުހަބާކިޔާފައެވެ.

ބަނޫ ޕްރަކާޝް ބޭނުންވަނީ ހިސާބަށް ލޯބި އިތުރު ކުރުމަށާއި، އިންޑިޔާގެ ތަރައްގީނުވާ ސަރަހައްދުތަކުގައި ހިިސާބު ކިޔަވައިދިނުމަށް ބާރު އެޅުމަށްކަމަށް ސީއެންއެން އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން