ކެނެޑާގައި ފުރަތަމަ ފަހަރަށް ނުރައްކާތެރި ދޫނި ރޯގާ އިންސާނަކަށް ޖެހިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

މި ބަލި ފުރަތަމަ ޖެހިފައި ވަނީ ބްރިޓިޝް ކޮލަމްބިއާގެ ހުޅަނގު ޕްރޮވިންސަކަށް ނިސްބަތްވާ ފުރާވަރުގެ ކުއްޖަކަށެވެ. އޭނާއަށް މި ބަލި ޖެހުނު އިރު ކެނެޑާއިން ފުރަތަމަ ވެސް ފެނިފައި ވަނީ އެޗް5 އެވިއަން ފްލޫކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ޕްރޮވިންސުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދޫނި ރޯނގާގެ ފުރަތަމަ ކޭސް ފެނުނު އިރު އެ ބަލި ޖެހުނީ ދޫންޏަކުން ނުވަތަ ޖަނަވާރަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ބަލި ޖެހިފައިވާ ކުއްޖާއަށް މިހާރު ފަރުވާ ދޭން ފަށާފައިވާއިރު އެގައުމުގައި މިހާރު ވަނީ ސިއްހީ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ.

ކެނެޑާގެ ހެލްތު މިނިސްޓަރު މާކް ހޮލެންޑް ވަނީ އާންމުންނަށް މި ބަލިން ކުރިމަތިވާ ނުރައްކާ އަދިވެސް ކުޑަކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްޔަކީ އެއް އިންސާނުން ގައިން އަނެއް އިންސާނެއް ގަޔަށް ފެތުރޭ ބައްޔެއް ކަމުގެ އެއްވެސް ހެތްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އެކަމަކު އެކަން ވެއްޖެ ނަމަ މި ބަލީގެ ސަބަބުން ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ސައިންސްވެރިން ވަނީ މީގެ ކުރިން އިންޒާރު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން