ބޮލީވުޑްގެ ފިލްމީތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަތީ އާއި އޭނާގެ އާއިލާއަށް ވަނީ އެމަރުގައި އެމީހުންގެ ދައުރު އޮތް މިންވަރުގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައް ކުރެވިފައެވެ. އެގޮތުން މަޝްހޫރު ފިލްމް ޕްރޮޑިއުސަރ މަހޭޝް ބަޓާއި ރިޔާ އާއި ދެމެދުގައި އޮންނަނީ ކޮންކަހަލަ ގުޅުމެއްތޯވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.



މި ބަހުސްގައި އެންމެ ފަހުން ބައިވެރިވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ސަތުރުގަން ސިންހާ އެވެ. އޭނާވަނީ މަހޭޝް ބަޓް އާއި ރިޔާ ޗަކްރޮބަތީ އާއި ދެމީހުންގެ ގުޅުމަށް ސުވާލު އުފައްދާފައެވެ. އެދެމީހުންގެ ގުޅުމަކީ ކޮބައިކަން އެންމެންވެސް އިނގެން ބޭނުންވާ ކަމަށް ސަތުރުގަން ސިންހާ ބުނެފައިވާ ކަމަށް މީޑިޔާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.



ސަތަރޭ އިތުރަށް ބުނެފައިވަނީ އޭނާގެ ޙަޔާތުގައި އަދި ރިޔާއާއި ބައްދަލުވެފައި ނުވާ ކަމަށާއި އަދި މަހޭޝްއާއި ދިމާނުވާތާ 5 އަހަރުވެފައިވާ ކަމަށެވެ. ސުޝާންތްއަކީ މަހޭޝްގެ ދަރިއެއް ކަހަލަ މީހެއްކަމަށް މަހޭޝްބުނާ ކަމަށް ސަތުރުގަންވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ސުޝާންތްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ސީ.ބީ.އައި އާއި ހަވާލް ކުރުމަށްވެސް ސަތުރުގަން ވަނީ ގޮވާލާފައެވެ.



ސުޝާންތުގެ މަރުގެ ތަހުޤީޤާއި ގުޅިގެން މުމްބާއީ ފުލުހުންނާއި، ބިހާރު ސްޓޭޓްގެ ފުލުހުންނާއި ދެމެދު ދެބަސްވުންތަކެއް ހިނގުމަށްފަހު އެ މައްސަލަ މިހާރު ވަނީ ސީ.ބީ.އައި. އާއި ޙަވާލުކޮށްފައި ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. ޖޫން 14 ގައި ދަންޖެހިގެން ސުޝާންތު މަރުވި ފަހުން 2 މަސް ވެފައިވާއިރު އެ މަރަށް އަދި އިންސާފު ލިބިފައެއް ނުވެއެވެ.



މުމްބައި ޕޮލިސް އަދި ބިހާރް ޕޮލިސްއާއި ދެމެދު ދެބަސްވުންތަކެއް ހިނގުމަށްފަހު އެމައްސަލަ މިހާރުވަނީ ސީ.ބީ.އައިއާއި ހަވާލު ކުރެވިފައިކަމަށް މީޑިޔާ ރިޕޯރޓްގައި ހާމަވެފައިވެއެވެ. ޝުޝާންތްގެ މަރަށް 1 މަސްވެގެން ބޮޑުވެފައިވާއިރު އޭނާގެ މަރަށް އިންސާފެއް އަދި ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން