ނ. ހޮޅުދޫ ނިއުލައިފް ގޭގެ ގޯތިތެރޭގައި މަރުވެފައި އޮއްވައި މިމަހުގެ 10 ވަނަ ދުވަހު ފެނުނު އެރަށު މާރަނގަ ޒަކިއްޔާ މޫސާގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ރަށަށް ފޮނުވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ޒަކިއްޔާގެ ހަށިގަނޑު ރަށަށް ފޮނުވާފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އިތުރު ތަހުލީލުތައް ކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އިއްޔެރޭގެ ވަގުތެއްގައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ޒަކިއްޔާގެ ހަށިގަނޑު ރަށަށް ފޮނުވުމުން ޢާއިލާއިން މިހާރުވަނީ އޭނާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އެރަށުގައި ބޭއްވުމަށް ނިންމާފައެވެ.
ނިއުލައިފް ގޭގެ ގޯތިތެރޭގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުއިރު ކަރުގައި ވަޅިއެޅުމުގެ ސަބަބުން ނޭވާ ހޮޅި ބުރިވެފައިވާ ކަމަށް މީޑީއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނުއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު