ދާދިފަހުން ވިއެޓްނާމަށް އެރި ތޫފާން ޔާގީގައި 59 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފިއެވެ.
ވިއެޓްނާމްގެ ދައުލަތުގެ މީޑިޔާ އިން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ސަބަބުން އެގައުމުގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގައުމުގެ މޫސުމާ ބެހޭ މާހިރުން ބުނާ ގޮތުގައި މި ތޫފާނަކީ ފާއިތުވި 30 އަހަރު ތެރޭގައި ވިއެޓްނާމްގެ އުތުރުއަށް އައި އެންމެ ބާރުގަދަ ތޫފާން ކަމަށެވެ.
މި ތޫފާނުގައި ގަޑިއަކު 149 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހުނު އިރު ހޮނިހިރު ދުވަހު ހިނގި ހާދިސާގައިވެސް އެކި ހިސާބުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުންވެފައެވެ.
ތޫފާނުގެ ސަބަބުން ކަރަންޓް ކެނޑުމުގެ ހާދިސާތައް ވެސް ހިނގާފައިވާއިރު މީގެ ސަބަބުން އެގައުމުގެ އުތުރުގައިވާ ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ފެކްޓްރީތައް ހިމެނޭ ހަބުތަކުގެ މަސައްކަތްތައްވެސް ހުއްޓުނެވެ. އޭގެ ތެރޭގައި ސެމްސަންގް އާއި ފޮކްސްކޮން ފަދަ ދުނިޔޭގެ ޓެކް ފަރުމާތަކުގެ ބޮޑު ޕްރޮޑަކްޝަން ހަބުގެ މަސައްކަތްތަކަށް ބުރޫ އެރިއެވެ.
މި ތޫފާނުގައި ވިއެޓްނާމްގައި 59 މީހުން މަރުވެފައިވާ ކަމަށް ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 44 މީހުން މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ދިޔުމާއި ޗަކައިގެ ސަބަބުން ކަމަށް މީޑިޔާތަކުން ވަނީ ބުނެފައެވެ.
ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ބުނީ ތޫފާންގެ ސަބަބުން މިހާތަނަށް 247 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު