މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއް ވިއްކަމުން އަންނަ ފޮއިސްގެ ޕަރފިއުމްސްއިން މާލޭ އާރޓިފިޝަލް ބީޗް ގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
"އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް" ގެ ނަމުގައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:10 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް މި އިވެންޓް ކުރިއަށްދާއިރު، ފޯރިގަދަ އެތައް ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.
ޕޮއިސް އިން ބުނީ، މި ހާއްސަ އިވެންޓްގެ މަގްސަދަކީ ޕޮއިސްގެ ބްރޭންޑްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ޕޮއިސްގެ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ހޯދައިދީ ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ދިނުމާއި ހަމާއެއާއެކު، ޕޮއިސްގެ ކަސްޓަމަރުންނާއިއެކު އެއްތަނަކުން ބައްދަލުވެ، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްޞަދުގައި ކަމަށެވެ.
މި ހަވީރުގައި ޕޮއިސްގެ މައިގަނޑު 12 ބްރޭންޑެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
"އަޅުގަނޑުމެން ހުންނާނެ އެތަނުގައި އެ ބްރޭންޑްތަކަށް ހާއްސަކޮށް 12 ސްޓޯލް ތައްޔާރުކޮށްފައި. މިހެންވުމުން އެއްތަނަކުން މި ބްރޭންޑްތަކުގެ ސެންޓުތަކުގެ ވަސްބަލާލައި ތަޖުރިބާ ކުރުމުގެ ފުރުސަތު ހަމަ އެންމެންނަށް ލިބިގެން ދާނެ. އަދި އެއިން ޕާރފިއުމެއް ބައްލަވައިގަންނަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް އެ ފުރުޞަތު ވެސް ހުޅުވި ބައްލަވައި ގަންނަ ކޮންމެ ސެންޓު ފުޅިއަކަށް ކޫޕަނެއް ލިބި ގުރުއަތުން ހޮވޭ ފަރާތަށް ސެމްސަންގ އެސް 23 ފޯނެއް ލިބުމުގެ ފުރުޞަތުވެސް އޮތް ވާހަކަ ދަންނަވަން." ޕޮއިސްގެ ފަރާތުން ބުންޏެވެ.
މީގެ އިތުރުން ޕޮއިސްގެ ފޭސްބުކް އަދި އިންސްޓަރގްރާމް ޕޭޖްތައް ލައިކް އަދި ޝެއަރ ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަށް އަގުހުރި ހަދިޔާޕެކެއް ހުށައެޅުމަށްވެސް ޕޮއިސް އިން ވަނީ ނިންމާފައެވެ.
ޕޮއިސް އިން މަޢުލޫމާތު ދޭ ގޮތުގައި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓްގެ ތެރެއިން ކުޑަކުދިންގެ ހާއްސަ ބްރޭންޑެއް ކަމަށްވާ ކިޑްސް ފެންޓަސީ ބްރޭންޑްގެ ސެންޓާއި ކުޑަކުދިންނާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
މީގެ އިތުރުން ޕޮއިސްގެ އެކި ސްޓޯލްތަކުން ބޮޑެތި އުމުރުފުރާގެ ފަރާތްތަކަށް ހާއްސަ ސެންޓުގެ ވަސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާއިރު، އެ އުމުރު ފުރާތަކަށް ހާއްސަކޮށް ކުޅިވަރުގެ ހަރަކާތްތައް ރޭވިފައި ވާކަމަށްވެސް ޕޮއިސް އިން ހާމަކޮށްފައިވެއެވެ.
ޕޮއިސް އިން ބުނީ މި ހަރަކާތްތަކުގައި ބައިވެރިވެގެން ވައުޗަރާއި ހަދިޔާވެސް ލިބިގެން ދާނެއެވެ.
ޕޮއިސް އިން ވަނީ ހަމަ މިފަދަ އިވެންޓެއް މިދިޔަ އަހަރު ޖޫން 16 އަދި 17 ގައި ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށްގެންގޮސްފައެވެ. އަދި އެ އިވެންޓަށް ލިބުނު ތަރުޙީބު ބޮޑު ކަމަށްވެސް ޕޮއިސް އިން ވަނީ ފާހަގަ ކޮށްފައެވެ.
ޕޮއިސްއަކީ ދިވެހިންނަށް އާ ކުންފުންޏެއް ނޫނެވެ. މިއީ ދިވެހިންނާއި ގުޅޭ އެތައް ބްރޭންޑެއްގެ ކޮސްމެޓިކްސް ގެނެސް ވިއްކަމުން އަންނަ ދިވެހިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު