މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު
މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު
ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސްޓްރީ 2" އިން އަކްޝޭ ކުމާރުގެ ކެމިއޯއެއް ފެނިގެންދާނެކަމަށް ރިޕޯޓުތަކުގައި ބުނެފިއެވެ.

އަކްޝޭ ކުމާރު ކުރިއަށް އޮތް އޮގަސްޓު މަހުގައި ދެ ފިލްމަކުން ފެނިގެންދާނެއެވެ. މިއީ އަކްޝޭ ކުމާރުގެ ފޭނުންނަށް ލިބިގެންދާ ވަރަށް އުފާވެރި ހަބަރެކެވެ.

އެގޮތުން ބަލާއިރު މި އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ އާބަން ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ގައި އަކްޝޭ ލީޑް ރޯލުން ފެނިގެންދާނެއެވެ. މީގެ އިތުރުން އޮގަސްޓް 15 ގައި ނެރެން ހަމަޖެހިފައިވާ ބިރުވެެރި މަޖާ ފިލްމު "ސްޓްރީ 2" އަކްޝޭ ކުމާރުގެ ކެމިއޯ ރޯލެއް ފެނިގެންދާނެ ކަމަށް އެޗްޓީ ސިޓީގައި ވަނީ ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަކްޝޭގެ ކެމިއޯ މި ފިލްމަށް ހޮވިފައިވަނީ އޭނާގެ ކޮމެޑީ ޓައިމިންތައް ރަނގަޅު ކަމުންނެވެ. އަދި މި ކެމިއޯ ރާޖްކުމާރު ރާއޯ އާއި ޝްރަދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމުގައި ވަކި ސީކުއެންސެއް ފުރިހަމަ ކުރާނެ ކަމަށް ބެލެވޭކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފިލްމު “ސްޓްރީ 2” ގެ ޕްލޮޓާ ބެހޭގޮތުން އިތުރު ތަފްސީލެއް ރިޕޯޓު ކޮށްފައި ނުވާއިރު ސްޓްރީ 2 ގައި އަކްޝޭ ކުމާރު މަޖާ ރޯލެއް ކުޅެ އޭނާގެ ކިބައިގައި ހުންނަ މީހުން ހެއްވާލުމުގެ ހުނަރު ދައްކާލުމަކީ އޭނާގެ ފޭނުންނަށް ލިބޭނެ ޑަބަލް ޓްރީޓެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ސްޓްރީ ސީރީސްގެ ސްޓޯރީ ލައިން ނިންމާލުމުގެ ގޮތުން އިތުރު އެއް ފިލްމު އަދި ނެރޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަމަރު ކައުޝިކްއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން