އައްޑޫ ސިޓީ ހިތަދޫގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހިތަދޫ 11 ނަންބަރު ފުލެޓް ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ސިފައިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ ރޭ ދަންވަރު 04:10 ހާއިރުއެވެ. ޙާދިސާގެ ރިޕޯޓް ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ސިފައިން ކުރި ބުރަ މަސައްކަތުން ސައިކަލްތަކުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ފަތިހު 04:25 ހާއިރުއެވެ. މި ހާދިސާގައި އަލިފާން ރޯވި ސައިކަލްތަކުގެ ތެރެއިން ދެ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް މުޅިން އަނދާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު