އަވައްޓެރި އިންޑިއާގެ އެއާ އިންޑިއާއިން ދަތުރުކުރި މީހަކަށް އެ އެއަރލައިނުން ދިން ކާއެއްޗެހީގެ ތެރެއިން ތިލައެއް ފެނިއްޖެއެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ތިލަ ފެނިފައި ވަނީ ބެންގަލޫރުން ސެން ފްރެންސިސްކޯއަށް ދިޔަ ފްލައިޓަކުން މީހަކަށް ދިން ކާއެއްޗެހީގެ ތެރެއިން ކަމަށެވެ.

ކާއެއްޗެހީގެ ތެރެއިން ތިލަ ފެނިފައި ވަނީ އެއާ އިންޑިޔާއިން ދަތުރުކުރި ނޫސްވެރިއަކަށެވެ. މަތޫރެސް ޕޯލް ނަމަކަށް ކިޔާ މި ނޫސްވެރިޔާ އާ ހަވާލަދީ އިންޑިޔާގެ ނޫހަކުން ރިޕޯޓްކުރި ގޮތުގައި އޭނާ އަށް މިހާދިސާ ދިމާވީ މިދިޔަ ހަފްތާގައެވެ.

ޕޯލް މި ވާހަކަތައް އޭނާގެ މީސްމީޑިޔާ ޕްލެޓްފޯމްގައިވެސް ހިއްސާކޮށްފައިވާއިރު އޭނާގެ ޕޯސްޓުގައި ބުނީ ފްލައިޓުން ފިހެފައިވާ ދަނޑިއަލުވި އާއި ’ފިގް ޗާޓް‘ ކަމުން ދަނިކޮށް އަނގައިގައި ދަގަނޑު ކޮޅެއް ޖެހުނުހެން ހީވި ކަމަށެވެ. އަދި އެއީ ކޯޗެއްތޯ ބަލާލި އިރު އެއީ ތޫނު ތިލައެއްކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ އާއި ގުޅިގެން ޕޯލްގެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓު ކުރަމުންދާއިރު އެއާ އިންޑިޔާއިން ވަނީ ޕޯލްގެ ކިބައިން މައާފަށް އެދިފައެވެ. އަދި މިފަދަ ކަމެއް ވުމުން އެ އެއާލައިން ހިތާމަކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ އެއާލައިނުން ވަނީ ޕޯލް އަށް އެ އެއާލައިނުގެ ކޮންމެވެސް އެއް ފްލައިޓަކުން އެއް އަހަރުގެ ތެރޭގައި ބިޒްނަސް ކްލާހުގައި ދަތުރުކުރެވޭނެ ގޮތަށް އޮފާއެއްވެސް ދީފައެވެ. ނަމަވެސް އޭނާ އެ ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން