ބްރިކްސްގައި ބައިވެރިވުމަށް އެދި 30 ގައުމަކުން ހުށަހަޅާފައި އޮތް ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

ބްރިކްސްގައި ބައިވެރިވާން އެދޭ ގައުމުތައް ގިނަވަމުން އަންނާތީ، ބައިވެރިވެވޭނެ އާ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ލަވްރޯވް ވިދާޅުވިއެވެ. އެއީ މެމްބަރު ކަމަށް އެދި ހުޅަހެޅުމުގެ ކުރިން ވަކި މިންގަނޑެއް އެ ގައުމެއް އަމިއްލައަށް ކަނޑައެޅޭނެ ނިޒާމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޖޫން 10-11 އަށް ރަޝިއާގައި ބާއްވާ ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބްރިކްސްގައި ބައިވެރިވާން ހުށަހެޅި ގައުމުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ލަވްރޯވް ވިދާޅުވިއެވެ. އަދި ބައިވެރިވާން އެދޭ ގައުމުތަކާ އެކު ވެސް ބައްދަލުވުންތައް ބޭއްވޭނެ ކަމަށް ވިދާޅުވިއެވެ.

ބްރިކްސް އަކީ އިގުތިސާދީ ދަތިތަކުން ސަލާމަތްވެ ތަރައްގީއަށް މަގުދެއްކުމަށް އުފައްދާފައި އޮތް ވިޔަފާރި ޖަމާއަތެކެވެ. ބްރިކްސް އުފެއްދި ގައުމުތަކަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން