އެޗްޑީސީގެ ޗެއާމަން ޒުހޫރު މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއަރމަންގެ މަޤާމަށް ޒުހޫރު އައްޔަން ކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ ބުނީ ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ޒުހޫރު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ކުރަށްވާފައެވެ. އޭގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް ޒުހޫރު ފުރުއްވާފައިވެއެވެ.

ޒުހޫރު މަގާމުން ވަކިކުރަށްވާފައި ވާއިރު އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ވެސް މިއަދު ވަނީ މަޤާމުން ވަކިކުރަށްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން