ހައްޖު މޫސުމާ ދިމާކޮށް ޑްރޯންއާއި ފްލައިންގ ޓެކްސީ ޓެސްޓް ކުރަން ސައުދީ އަރަބިއްޔާ އިން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ސާރވިސަސް ސަލެހް އަލް ޖަސެރް ވިދާޅުވި ގޮތުގައި އާ ޓެކްނޮލޮޖީގެ އެހީގައި ހައްޖުވެރިންނަށް ދެވޭ ހިދުމަތްތަށް ޒަމާނީ ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެވޭނެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޓެކްނޮލިޖީ އާއި އީޖާދުތައް އުފެއްދުމުގައި އެކި ޓްރާންސްޕޯޓް ހިދުމަތްދޭ ކުންފުނިތަކުގެ މެދުގައި މިހާރުވެސް ވާދަވެރިކަން އުފެދިފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުތަކުގައި މިޚިދުމަތް އިތުރަށް ފުޅާކޮށް އާ އީޖާދުތަށް ފެނިގެންދާނޭ ކަމަށް ބެލެވޭކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ހައްޖާޖީންނަށް ބޭނުންވާނޭ އެކި ޚިދުމަތްތައް ފޯޜުކޮށްދިނުމަށް ސައުދީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހައްޖު މޫސުން މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 14 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން